ENGLISH

16 ޖުލައި 2026

Advertisement

ކްލަސިކް: ކްެރިމިނަލް ކޯޓާއި ބިނާރާ ފައިނަލަށް

16 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި ކްރިމިނަލް ކޯޓާއި ބީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ފައިނަލަށް ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އާއި، އެންމެ ފަހުގެ ރަނަރަޕް ކުލަބު ބިނާރާ ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ކްރިމިނަލް ކޯޓު ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 7-2 ގެ ނަތީޖާއަކުން ކުލަބު ބީސީސީ ބަލިކުރުމަށްފަހުއެވެ.

މި މެޗުގައި ކްރިމިނަލް ކޯޓުގެ މުޙައްމަދު ހައްސާން އަޙްމަދު އަދި އަލީ ޝާޒް ހިލްމީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަފްރާޒް، ޔައިޝް މުސްތަފާ އަދި މުސްލިމް މުޙައްމަދެވެ. މި މެޗުގައި ބީސީސީގެ ލަނޑުތައް ޖަހައިދިނީ އަބްދުލް ރަހުމާން ސާމީ އަބްދުލް ރަހީމް އަދި މުޙައްމަދު އީމާން އަޙްމަދެވެ.

ކްލަސިކުގައި ބިނާރާ އާއި އެވްސެކް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ބީނާރާ ދަތުރުކުރީ ރޭ ކުޅުނު ސެމީގެ މެޗުގައި 7-4 ގެ ނަތީޖާއަކުން ކުލަބު އެވްސެކް އަތުން މޮޅުވެގެންނެވެ.

މި މެޗުގައި ބިނާރާގެ އަޙްމަދު ރުވާއު ހެޓްރިކެއް ހެދިއިރު، އެވްސެކުގެ އާދަމް މާހިލް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އަދި އެވްސެކުގެ ޖަޒްލާން ޖައުފަރު ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު ޒިދާން އީސާއެވެ. މި މެޗުގައި އެވްސެކުގެ ތައުމީން ނޫހު ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުالله ބައްސާމް އަދި މުޙައްމަދު ނާއިލެވެ.

މި މުބާރާތުގެ ފައިނަލުގައި ކްރިމިނަލް ކޯޓާއި ބިނާރާ ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު