ENGLISH

16 ޖުލައި 2026

Advertisement

އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، އެމްއެމްޓީވީގެ "ޝިފާއުން ވަރަޙްމާ" ގެ ވަނަތައް ހޮވައިފި

15 ޖުލައި 2026

|

ޙުސައިން މަޚްތޫމް

މުބާރާތުގެ 12 އަހަރާ 15 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ ހާސިލްކުރި ނުހައިކް އަށް އިނާމް ހަވާލުކުރަނީ - ފޮޓޯ: އެމްއެމްޓީވީ

އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، އެމްއެމްޓީވީގެ "ޝިފާއުން ވަރަޙްމާ" ޤުރުއާން މުބާރާތުގެ ވަނަތައް ހޮވައިފިއެެވެ. 

މިދިޔަ ރަމަޟާން މަހު ބޭއްވި މީގެ ދެވަނަ މުބާރާތުގައި 800 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ފުރަތަމަ ބޭއްވީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުއެވެ. އެ މުބާރާތުގައި 300 ބައިވެރިން ބައިވެރިއެވެ. އަދި މި އަހަރުގެ ރަމަޟާން މަހު އެ އަދަދު ވަނީ 800 އަށް އިތުރުވެފައެވެ. 

ދެ ދަންފަޅިއަކަށް ބަހާލައިގެން އިނާމްތައް ހަވާލުކުރި އިރު، ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސްޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ. އަދި ދެވަަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ސަލަފް ޖަމިއްޔާގެ ފަރާތުން އައްޝައިހް އަހުމަދު ސަމީރެވެ. 

މި އަހަރުގެ މުބާރާތުގައި 12 އުމުރު ފުރާއަކުން ބައިވެރިވެފައިވެއެވެ. 

މުބާރާތުގެ ވަނަތައް: 

4 އަހަރުން ދަށުގެ އުމުރު ފުރާ 

  • 1 ވަނަ - އީނާޝް ބިންތި ފަތުހުﷲ އިސްމާއިލް، ގ. އެއްތެޔޮމާގެ / މާލެ ސިޓީ
  • 2 ވަނަ - މުސްކާން މުހައްމަދު ހަލީމް، ނޫރަލީ ވިލާ / ޅ. ނައިފަރު
  • 3 ވަނަ - އައިޝާލް ހައްސާމް އިސްމާއިލް، މާރަނަ / ބ. ތުޅާދޫ

4 އަހަރާ 6 އަހަރާ ދެމެދު އުމުރު ފުރާ

  • 1 ވަނަ - އިޒްވާ އަހުމަދު މުޖްތަބާ، ނިއުހިލް / ހުޅުމާލެ
  • 2 ވަނަ - ކައިލް ހަސަން ފަރީދު، ލީލީމާގެ / ގދ. ވާދޫ
  • 3 ވަނަ - އައިނާ ބިންތު އާސިފް، ކިނބިމާގެ / ޅ. ހިންނަވަރު

6 އަހަރާ 9 އަހަރާ ދެމެދު އުމުރު ފުރާ

  • 1 ވަނަ - މާކިން ބިން މުއާޛު، މޭނާ / ށ. ފޯކައިދޫ
  • 2 ވަނަ - ޔޫސުފް މުހައްމަދު ފާއިޒް، ހ. ހިރިޔާ 1 / މާލެ ސިޓީ
  • 3 ވަނަ - މަލްކިޔާ އީން އަޝްރަފް، ކެޔޮގަސްދޮށުގެ / ތ. ވަންދޫ

9 އަހަރާ 12 އަހަރާ ދެމެދު އުމުރު ފުރާ

  • 1 ވަނަ - ސަދާން އަބްދުއްސައްތާރު، ދޫރެސް / އއ. ހިމަންދޫ
  • 2 ވަނަ - އިޒްކާން ބިން ޝާހިދު، ކުރިބޯށި / ޅ. ހިންނަވަރު
  • 3 ވަނަ - އައިނީ ބިންތު މުހައްމަދު ފަޒީލް، ލަކީލާސްޓް / ރ. ރަސްމާދޫ

12 އަހަރާ 15 އަހަރާ ދެމެދު އުމުރު ފުރާ

  • 1 ވަނަ - މުހައްމަދު ނުހައިކް އިބްރާހިމް ޝިފާއު، ފަތިސް / ތިނަދޫ ސިޓީ
  • 2 ވަނަ - މަލްކާ މުހައްމަދު ހަބީބު، ވާދީ / އައްޑޫސިޓީ، ފޭދޫ
  • 3 ވަނަ - ނަވަރު ހަސަން ހަނީފް، ބޮޑުގެ / ހއ. ވަށަފަރު

15 އަހަރާ 18 އަހަރާ ދެމެދު އުމުރު ފުރާ

  • 1 ވަނަ - އަހުމަދު ޡޯމިހު އައްޔޫބް، ގ. ހާލަމް / މާލެ ސިޓީ
  • 2 ވަނަ - މުހައްމަދު ރައުޝް ބިން ސިރާޖް، ރޯޅި / ކުޅުދުއްފުށި ސިޓީ
  • 3 ވަނަ އައިޝަތު ޒީކް ރިޔާޒް، އޯޝަން / އައްޑޫ ސިޓީ، ފޭދޫ

18 އަހަރުން މަތީގެ އުމުރު ފުރާ

  • 1  ވަނަ - މުަހައްމަދު ސާއީ މުބާރިކް، ސަރާމަންޒިލް / ނ. ހޮޅުދޫ 
  • 2 ވަނަ - އާމިނަތު ދީމާ ރަޝީދު، ހުޅުމާލެ
  • 3 ވަނަ - އައިޝަތު އިނާން ރަމްޒީ، ހިރިޔާ / ށ. ފުނަދޫ

އެމްއެމްޓީވީގެ "ޝިފާއުން ވަރަޙްމާ" ޤުރުއާން މުބާރާތަކީ ޕްރައިވެޓް މީޑިއާއަކުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތެވެ. މި މުބާރާތުގެ ކިޔެވުންތައް ފޮނުވާފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ހުރެގެން ފޮނުވޭގޮތަށް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. މިއީ މުބާރާތުގެ ބައިވެރިންގެ އަދަދު އިތުރުވެ މުޅި ރާއްޖޭގައި މުބާރާތުގެ މަގުބޫލުކަން ބޮޑުވި އެއްސަބަބެވެ. 

މި މުބާރާތުގައި އުމުރުން 2 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ ބައިވެރިން ކިޔަވާފައިވެއެވެ. 

މުބާރާތުގެ ފަނޑިޔާރުންނަކީ އަލްއުސްތާޛު އިބްރާހިމް ރަމްޒީ، އަލްއުސްތާޛު މުހައްމަދު ތައުފީގު އަލީ އަދި އަލްއުސްތާޛު އިބްރާހިމް ޝިފާއުއެވެ. 

ކިޔުންތެރިންގެ ހިޔާލު