ENGLISH
09 ޖުލައި 2026
އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ
09 ޖުލައި 2026
|
ޑރ. ފަޒުނާ --
އެންމެ މަޤްބޫލު
އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ އެވެ.
ގދ. ގައްދޫ، ކަށިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ގެންދަނިކޮށް އައިޖީއެމް ހޮސްޕިޓަލްގަ އެވެ.
ޑރ. ފަޒުނާ އަކީ އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. 2024 ވަނަ އަހަރުން ފެށިގެން ޑރ. ފަޒުނާ ގެންދެވީ އައިޖީއެމްއެޗްގައި ޚިދުމަތް ކުރައްވަމުންނެވެ.
ޑރ. ފަޒުނާގެ މައްޗަށް ކަށުނަމަދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ޑރ. ފަޒުނާ ނިޔާވުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެކެވެ.