ENGLISH

04 ޖުލައި 2026

Advertisement

ލ. އަތޮޅު ސްކޫލެއްގެ ޓީޗަރަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ލ. އަތޮޅު ސްކޫލެއްގެ ޓީޗަރަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ލ. ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޡާނީ ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ ސަތީޝް ނަމަކަށް ކިޔާ އިންޑިއާގެ ޓީޗަރެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ. ގަމުގެ ސްކޫލެއްގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެއް، އޭނާ ދިިރިއުޅޭ ގޭގަގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު މިރޭ 19:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ފޯނަށް ޖަވާބު ނުދޭތީ އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލި ބެލުމުންނެވެ. ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވެ އެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރައް ތަހުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު