ENGLISH

02 ޖުލައި 2026

Advertisement

މަޖީދިއްޔާ ސްކޫލްގެ 100 ވަނަ އަހަރީ ލޯގޯ ފަރުމާކޮށްގެން 15000 ރުފިޔާގެ އިނާމެއް

02 ޖުލައި 2026

|

އާމިނަތު ނުޒްލާ

މަޖީދިއްޔާ ސްކޫލް ދަރިވަރުން - ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ސްކޫލްގެ 100 ވަނަ އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 ވަނަ ދުވަހެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 15000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގައި ބައިވެރިވެވެނީ މަޖީދިއްޔާ ސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުންނަށެވެ.

މި މުބާރާކީ މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމުއްޔާއާއި ތައުލީމީ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އަމިއްލައަށް ލޯގޯ ފަރުމާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ގްރޫޕްކޮށްވެސް ލޯގޯ ހުށަހެޅެއެވެ.

މި ލޯގޯ ފަރުމާކުރުމުގައި ހިމަނަން މަޖުބޫރު ކަންތައްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 1927-2027 ހިމެނުމާއި 100 އަހަރުކަން ބަޔާންކުރުމާއި ސްކޫލުގެ ވަންތަކަމާއި ތާރީޚާއި އަދި މުސްތަޤުބަލުގެ ތަޞައްވުރު ރަމްޒުކޮށްދިނުން ހިމެނެއެވެ.

އިތުރު އިރުޝާދުގެ ގޮތުގައި:

  • ލޯގޯއަކީ ސާދާ، ފަސޭހައިން ހަނދާން ހުންނަ ފަދަ، އަދި ހިތްގައިމު ފަރުމާއަކަށްވުން
  • ޗާޕުކުރުމަށާއި (ބެނާ، ސެޓުފިކެޓު)، ޑިޖިޓަލް ވަސީލަތްތަކަށާއި، އަދި ތަފާތު ތަކެތީގައި (ޔުނީފޯމް، ހަނދާނީ ހަދިޔާ) ބޭނުންކުރަން އެކަށީގެންވުން
  • ކުލަކޮށް އަދި ކަޅާއި ހުދުން ވެސް ލޯގޯ ބޭނުންކުރެވުން
  • މަޖީދިއްޔާ ސްކޫލުގެ ރަސްމީ ކުލަތައް ކަމަށްވާ ރަތް، ފެހި އަދި ހުދު ކުލައާ ގުޅޭގޮތަށް ހުރުން
  • ލޯގޯ ހުށައަޅާއިރު، ލޯގޯގެ ޑިޒައިން ފައިލްތަކާއި ލޯގޯގެ ކޮންސެޕްޓް ކިޔައިދޭ ލިޔުމެއް، ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ކުލަތައް އިޚްތިޔާރުކުރި ސަބަބު ބަޔާންކޮށް ހުށަހެޅުން

މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖައްމިއްޔާއިން ބުނީ، ލޯގޯއަށް މާކްސްދިނުމުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައި ވަނީ، އުފެއްދުންތެރިކަމާއި ލޯގޯގެ ތަފާތުކަމުގެ އިތުރުން 100 އަހަރުގެ ޝިއާރާ ގުޅޭ މިންވަރަށް ކަމަށެވެ. މި ދެބަޔަށް 50 އިންސައްތަ މާކްސް ކަނޑައަޅާފައިވެއެވެ. ފަރުމާގެ ފުރިހަމަކަމާއި ސާފުކަމަށް 20 އިންސައްތަ، ބޭނުންކުރުމުގެ ފަސޭހަކަމަށް 15 އިންސްތައް، ސްކޫލުގެ ރަސްމީ އައިޑެންޓިޓީއާ ގުޅޭ މިންވަރަށް 15 އިންސައްތަ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ލޯގޯތަކަށް އިންސާފުކުރާނީ މަޖީދިއްޔާ ސްކޫލާއި އެމް.އެމް.ޑީ.ޖޭ ގުޅިގެން ކަނޑައަޅާ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެއްވަނައަށް ހޮވޭ ލޯގޯއަކީ 100 އަހަރުގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މަޖީދިއްޔާ ސްކޫލްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު