ENGLISH
30 ޖޫން 2026
މިހާރު މަޖިލިސް ހިނގަނީ މައިނޯރިޓީއަށް ފުރުސަތު ދީގެން: މެމްބަރު އިބްރާހީމް ދީދީ
30 ޖޫން 2026
|
މެންބަރު އިބްރާހިމް ދީދީ ކޮންގްރެސް ޕާޓިގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތަސް މަޖިލިހުގެ މަސައްކަތްތައް ބައްޓަން ކުރަމުންދަނީ އިދިކޮޅުގައި ތިބި މަދު މެމްބަރުންނަށް ވެސް ފުރުސަތު ފަހިކޮށްދީގެން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ތޭރަ މެންބަރުންނާ އެކު މި މަޖިލީހުގައި މައިނޯރިޓީ ޕާޓީއަކަށް އޮތީ އިދިކޮޅު އެމްޑީޕީއެވެ.
އެމްއެމްޓީވީގެ 'ބޮޑު ހަބަރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވަނީ މީގެ ކުރީގެ މަޖިލީހުގެ ދައުރުތަކުގައި މައިނޯރިޓީއަށް އެއްވެސް އަހައްމިއްޔަތުކަމެއް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ. އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށަހަޅާ ބައެއް ބިލުތަކާއި ގަރާރުތައް ބަލައިގަނެ އެ ބިލުތަކާއި ގަރާރުތަކާ ގުޅޭގޮތުން ބަހުސްތައްވެސް މަޖިލީހުގައި ކުރިއަށްގެންގޮސްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެެ.
" އެކަމަކު ކުރީގައި ބަހުސަކާ ހަމައަށް ވެސް ނުދެވެ، ހަމަ ހުށަހެޅީމަ އެ ބަލައިގަތުމަށް ފެންނަކަމަށް ނޫނީ ނުފެންނަކަމަށް ވޯޓު ނެގޭ ހިސާބުން ބޭރުކޮށްލަނީ، މިހާރު ހަމަ އަޅުގަނޑުމެން ހަމަ ގިނަ ބިލުތައް ބަހުސްގެ މަރުހަލާއަށް އެބަ ލަން، އެހެންވީމަ އެއްގޮތަކަށް ވެސް ކުރިއާއި މިހާރާ އެއްގޮތެއް ނޫން، މައިނޯރިޓީއަަށް އިހުތިރާމުކޮށްގެން މިދަނީ އެކަމަކު އޭގެ މާނައެއް ނޫން ރައްޔިތުންގެ މަޖިލީހުގަައި ތިއްބެވި އެމްޑީޕީގެ 13 މެމްބަރުން ބުނާހާ ގޮތަކަށް ޕީއެންސީގެ 75 މެމްބަރުން ކަންކަން ދޫކޮށްލެއްވުމަކީ، އެއީއެއް ނޫން އަސްލުގައި މައިނޯރިޓީއަށް ތަބާވުމަކީ،". މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ހިނގާނީ މެޖޯރިިޓީ ޕާޓީން މައިނޯރިޓީއަށް ކުރާ އިހުތިރާމާ އެއްވަރަށް މައިނޯރިޓީ ޕާޓީން މެޖޯރިޓީ ޕާޓީއަށް ވެސް އިހުތިރާމުކޮށްގެންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އަދި ކޮމިޓީ މަރުހަލާގައިވެސް ކަންކަން ނިމިގެންދާނީ އެމްޑީޕީ މެމްބަރުންގެ މަޝްވަރާއާ އެކުގައިކަމަށް ވިދާޅުވިއެވެ.
ނުނިމުނި މަޝްރޫތަކުން މިސާލުތައް، މިހާރު އުމްރާނީ ތަރައްގީގެ ދުވެލި ހަލުއި
މި ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސްކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު އެންމެ ފުރަތަމަވެސް މިސާލު ނެންގެވީ ރާއްޖޭގެ މައި ވައި ބަނދަރު -- ވެލާނާ އެއާޕޯޓެވެ. ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދުނިޔޭގައި މިވަގުތު ވައިގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އޭ380ގެ ބޯޓު ރަންވޭއަށް ޖައްސާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ސާފް ސުޒުކީ ކަޕް 2018 ގެ ތަށި ހިފައިން ރާއްޖެ އައި ގައުމީ ފުޓްބޯޅަ ޓީމު އެފަހަރު އައި ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ861-380 މަރުކާގެ ބޯޓު ވީއައިއޭގެ ރަންވޭގައި ޖެއްސިއިރު އެއީ ރާއްޖޭގައި މީގެ ބޯޓެއް ޖެއްސި ފުރަތަމަ ފަހަރެވެ.
" އެއީ އެމްޑީޕީ ސަރުކާރެއް ނޫން، 2018 އިން 2023 އަށް ވެރިކަން ނިންމާފައި ދިޔައިރު އެއާޕޯޓު އޮތީ އޮތް ގޮތަށް، މަސައްކަތެއް ނުނިމުނު، ހައްލެއް ނައި، އެކަމަކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތް ނިންމިތަން ފެނުނީ، ޑޮމެސްޓިކް އެއާޕޯޓަށް ދިމާވި ދަތިތައްވެސް ހައްލުކުރެއްވި،" މެމްބަރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ތިލަ މާލެ ބްރިޖުގެ މަޝްރޫއާއި ހދ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެމްޑީޕީ ސަރުކާރަށް ނުވުމުން އެކަންކަން ނިންމަންޖެހިފައިވަނީ މި ސަރުކާރަށްކަމަށް މެމްބަރު ވިދާޅުވިއެވެ. އައްޑޫ ހަންކެޑެ ބުރިޖުގެ މަސައްކަތްތަކާއި ގަމުގެ އެއާޕޯޓަށް ބަލާލާއިރު ވެސް ސްޕީޑް ލަހީ ކޮންބައެއްކަން ސާފުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މިކަންކަމަށް ބަލައި ސަރުކާރުގެ ސްޕީޑު ލަސްކަމަށް އެމްޑީޕީއަށް ނުބުނެވޭނެކަމަށް ވިދާޅުވިއެވެ.