ENGLISH
30 ޖޫން 2026
ސްކޫލްތަކުގެ ފުރަތަމަ ޓާމް އިމްތިހާނު ފަށައިފި
30 ޖޫން 2026
|
ސްކޫލްގައި އިމްތިހާނު ކުރިއަށްދަނީ-- ފޮޓޯ: ތައުލީމާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖޭގެ ސްކޫލްތަކުގައި، މިއަދު ފުރަތަމަ ޓާމުގެ އިމްތިހާނުތައް ފަށައިފިއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ގުރޭޑް 7 އިން ފެށިގެން ގުރޭޑް 10ގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ އިމްތިޙާން ޖުލައި މަހުގެ ނުވަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
ފުރަތަމަ ޓާމުގެ އިމްތިޙާނަށްފަހު ރިޕޯޓްފޮތް ދީ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ.
މި ހިނގާ ދިރާސީ އަހަރު 190 ދުވަހު ސްކޫލްތަކުގައި ކިޔަވާ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ފުރަތަމަ ޓާމުގައި ހިމެނޭ ސްކޫލް ދުވަހުގެ އަދަދަކީ 107 އެވެ. އެއީ ކިޔަވައިދިން 84.5 ދުވަހާއި އިމްތިޙާނުތަކަށް 8 ދުވަހާއި ރިޕޯޓްފޮތް ތައްޔާރު ކުރުމަށް ދެވޭ ފަސް ދުވަހާއި ޕީޑީ ދުވަހުގެ ގޮގައި ހަ ދުވަހެވެ. މީގެ އިތުރުން ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި ހިމެނޭ 3.5 ދުވަސް ހިމެނެއެވެ.
ދެވަނަ ޓާމުގައި 190 ދުވަސް ސްކޫލް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެއީ ކިޔަވައިދިން 75.5 ދުވަހާއި އިމްތިޙާނުތަކަށް 8 ދުވަހާއި ރިޕޯޓްފޮތް ތައްޔާރު ކުރުމަށް ދެވޭ ފަސް ދުވަހާއި ޕީޑީ ދުވަހުގެ ގޮގައި އެއް ދުވަހެވެ. ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި ހިމެނޭ 2.5 ދުވަހެވެ.