ENGLISH
23 ޖޫން 2026
އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ބީސީސީން "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް
22 ޖޫން 2026
|
އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ބީސީސީން "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް ބާއްވަން ވަނީ ނިންމާފައި --
އެންމެ މަޤްބޫލު
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބީސީސީން ޚާއްޞަ "އެމްއެސްއެމްއީ ޕިޗް" މުބާރާތެއްބައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން ހުޅުވާލާފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުންކުރިއަރުވައި، އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޒުވާނުންނަށް އެމީހުންގެ ވިޔަފާރި ޚިޔާލުތައް ދައްކާލުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރުމަށް ވެސް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.
މި ހަރަކާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ޒުވާން ވިޔަފާރިވެރިންގެ އީޖާދީ ޚިޔާލުތައް ހަގީގީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ބީސީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ކުރިއަށްގެންދާ މުހިންމު ޙަރަކާތެކެވެ. އަދި މިއީ ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، އައު ޖީލުގެ ވިޔަފާރިވެރިން އުފެއްދުމަށް މުޅި ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.