ENGLISH

18 ޖޫން 2026

Advertisement

ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

18 ޖޫން 2026

|

ޢަލީ ޝަހީމް

ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ހިންގަމުންދާ ޖަލުތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށްޓަކައި ބިނާކުރާ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތެއްގައި ހިންގޭނެ ފަދަ ނިޒާމަކަށް ފަރުމާކޮށްފައިވާ ތަންތަނެއް ނޫނެވެ. އެހެންކަމުން، އައު ކޮމްޕްލެކްސްއާއެކު މި ފަރުމާ ބަދަލުވެ، އިޞްލާޙީ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން މި މަޝްރޫޢު ފެށުން ތަންކޮޅެއް ލަސްވިނަމަވެސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ކަރެކްޝަންސް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުގައެވެ. މިކަމަށްޓަކައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އަޅާނީ މުހިއްމު ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މިގޮތުން ރެޒިޑެންޝަން ޔުނިޓްތަކާއި މެޑިކަލް ފެސިލިޓީގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ އަދި ހާފްވޭ ހައުސްއެއް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އިތުރު ވަސީލަތްތަކަށް ބަލާއިރު، އެޑިއުކޭޝަން އެންޑް ޓްރެއިނިން ފެސިލިޓީގެ އިތުރުން ހާހެއްހާ މީހުންގެ ޖާގައިގެ މިސްކިތެއް ވެސް ބިނާކުރުމަށް ވަނީ ނިންމައިފައެވެ. 

އުތުރުތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އިތުރުން، އެތަނުގައި ކުޑަކުދިންގެ ރިހެބިލިޓޭޝަނަށް "ހޯޕް އައިލެންޑް" ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު