ENGLISH

18 ޖޫން 2026

Advertisement

ގެމަނަފުށި މިސްކިތުގެ އަދާހަމަ: ވުޟޫކުރާ ތަނުގެ ޝަޓަރިން މަސައްކަތް ކުރިއަށް

18 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ގެމަނަފުށި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އާރް.ޑީ.ސީ

ގއ.ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތުގެ ތެރެއިން ވުޟޫކުރާ ތަނުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ބުނެފިއެވެ.

އާރް.ޑީ.ސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ވުޟޫކުރާ ތަނުގެ ޝަޓަރިން މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާރްޑީސީއާ ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫއުގެ ދަށުން މިސްކިތުގައި ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިން އަދި ވަށާފާރުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި މިސްކިތުގައި ވެސް ސޯލާ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 7،780،395.62 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އާރްޑީސީއާ މި މަޝްރޫއު ހަވާލުކޮޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު