ENGLISH
17 ޖޫން 2026
ހާލަންޑުގެ ދެ ލަނޑާއެކު ނޯވޭއިން އިރާގު ބަލިކޮށްފި
17 ޖޫން 2026
|
ވޯލްޑް ކަޕުގައި އިރާގު ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު، ނޯވޭއިން އިރާގު ބަލިކޮށްފިއެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނޯވޭއިން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ނޯވޭ މޮޅުވިއިރު، މިއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ނޯވޭއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ 40 އަހަރަށްފަހު އިރާގުން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗެވެ.
މިއަދު ފަތިހު ކުޅުނު މި މެޗުގެ 29 ވަނަ މިނެޓުގައި ޑޭވިޑް މޮލާ ވޯލްފާ ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ ނޯވޭއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން އިރާގުން އެއްވަރުކުރިއިރު، އަމީރު އަލް އައްމާރީ ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އައިމަން ހުސެއިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، ނޯވޭއަށް އަލުން ލީޑު ނަގައިދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނޯވޭއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މާޓިން އޮޑެގާޑް ނަގައިދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ލެއޯ އޮސްޓިގާޑެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ނޯވޭއިން ހަތަރުވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ އިރާގުގެ އައިމަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.