ENGLISH
16 ޖޫން 2026
މިއަދަކީ ޕޯޓް ބަންދު ދުވަހެއް ނަމަވެސް ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް
16 ޖޫން 2026
|
ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށް --
އެންމެ މަޤްބޫލު
ހިޖުރީ އައު އަހަރު ފެށޭ ދުވަހަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ މަސައްކަތް މިއަދާއި މިރޭ ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލް އިން މިއަދު ބުނީ ކުންފުނިން އަމަލުކުރަމުންދާ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދު ވެސް، އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށް --
އެގޮތުން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް ވަނީ މިއަދު ހަވީރު ފުރިހަމަކޮށްފަ އެވެ. މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ވަނީ ބާލައިފަ އެވެ.
ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި އުޅަނދުން ވެސް މައިގަނޑު ގޮތެއްގައި ބާލާނީ ފިޔާ، އަލުވި އަދި ބިހެވެ.
ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށް --
ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް އެ ކުންފުނިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފަ އެވެ.
އަދި ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.