ENGLISH
16 ޖޫން 2026
އުރުގުއޭ އަތުން ސައުދީއަށް ޕޮއިންޓެއް
16 ޖޫން 2026
|
ވޯލްޑް ކަޕުގައި އުރުގުއޭ އާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ސައުދީ ޕޮއިންޓެއް ހޯދައިފިއެވެ. އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި މިއަދު ފަތިހު ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސައުދީންނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަބްދުﷲ އަލް އަމްރީއެވެ.
އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އުރުގުއޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އަރައުހޯއެވެ.
މި މެޗު އެއްވަރުވިއިރު، މި ގްރޫޕުގައި ރޭ ސްޕެއިން އާއި ކާބޯ ވާޑޭ ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެ މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.