ENGLISH

16 ޖޫން 2026

Advertisement

މިފްކޯއަށް މަސްކިރުވި 29 ދޯންޏަކަށް މިއަދު 8 ލައްކަ ރުފިޔާ ދޫކޮށްފި

16 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ދިވެހި މަސްވެރިން މަސްބާނަނީ-

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްކިރުވި ދޯނިތަކަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 29 އުޅަނދަކަށް 841،400 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 14 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާއެވެ.

މިފްކޯއިން ބުނީ 14 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 817،800 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 06 ދޯންޏަކަށް 5،000 ރުފިޔާ ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 09 ދޯންޏަކަށް ޖަމާކޮށްފައިވަނީ 18،600 ރުފިޔާއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުން، ވައުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު