ENGLISH

13 ޖޫން 2026

Advertisement

މަޖިލީހުގެ ނާއިބު ރައީސަށް އުފަންރަށުން ހޫނު މަރުހަބާއެއް

13 ޖޫން 2026

|

އަޙުމަދު ޙަމީދު

ސަލީމަށް އޭދަފުށީން މަރުހަބާ ދެންނެވުން --

ރައްޔިތުންްގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ސަލީމަށް، އެމަނިކުފާނު ނިސްބަތްވާ ބ. އޭދަފުށީން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަށް އަޙްމަދު ސަލީމް، އިންތިޚާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މިއަދު ވަނީ އޭދަފުއްޓަށް ވަޑައިގެންފަ އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ބޮޑު ބޯޑެއް ހަރުކޮށްފައިވާއިރު ރަށުގެ ގިނަ ރައްޔިތުން ތިބީ އިސްތިޤްބާލަށް ބަނދަރު ސަރަޙައްދަށް ނިކުމެ އެވެ.

ސަލީމް، މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަށް ވަޑައިިގަތުމަކީ މުޅި އޭދަފުއްޓަށް ވެސް ލިބުނު ފަޚުރެއް ކަމުގައި އެ ރައްޔިތުން ދެކެ އެވެ.

އޭދަފުއްޓަށް ވަޑައިގެން މެންބަރު ސަލީމް، ވަނީ އިސްތިޤްބާލަށް ވަޑައިގެން ތިއްބެވި ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ. އަދި ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު އޮތް ޖަލްސާގައި ރައްޔިތުންްގެ މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަށް ސަލީމް އިންތިޚާބުކުރީ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ޚިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު