ENGLISH
12 ޖޫން 2026
އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ދެ ރަށެއްގައި ވޯޓްފޮށި ފަޅާލައިފި، ގެއަށް ވޯޓްފޮށި ގެންގޮސްގެންވެސް ވޯޓްލަނީ
12 ޖޫން 2026
|
ފިޔޯރީގައި ވޯޓްފޮށި ފަޅާލާ ހަމަނުޖެހުން ހިންގަނީ --
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުގައި ދެ ރަށެއްގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި ގެއަށް ވޯޓްފޮށި ގެންގޮސްގެން ވޯޓްލުން ފަދަ އެތައް މައްސަލަތަކެއް ފެންމަތިވެ އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ވަނީ ފަޅާލާފަ އެވެ. ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އަދި ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓްފޮށި ނަޝީދުގެ ސަޕޯޓަރުންތަކެއް ވަނީ ފަޅާލާފަ އެވެ.
މީގެ އިތުރުން ފީއަލީގައި ވޯޓްލާން ބޭނުންކުރަނީ އެ ވޯޓްފޮއްޓާއި ހަވާލުވެހުރި މީހާ އަމިއްލައަށް ހަދާފައިވާ ވޯޓްސް ލިސްޓެއް ކަމަށް އިންތިޚާބުގައި ވާދަކުރާ މީކާއީލް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެ ލިސްޓުން މީކާއީލަށް ތާއީދު ކުރާ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ މީހުންގެ ނަންތައް ވަނީ ހިމަނާފަ އެވެ.
އޭގެ ފަހުން އެ އޮފިޝަލް ވަނީ ވޯޓްފޮށި އޭނާގެ ގެއަށްވެސް ގޮސްފަ އެވެ. އަދި އެގޭގައި އޭނާ ބޭނުންވާ ގޮތަށް ވޯޓްގެ ކަންކަން ގެންގޮސްފައިވެ އެވެ.
ވޯޓްފޮށި ފަޅާލުމުން ބައެއް ރަށްރަށުގައި ފަޅާލާފައިވާ ވޯޓްފޮއްޓަށްވެސް ދަނީ ވޯޓް ލަމުންނެވެ. މީގެ ކުރީ އިންތިޚާބުތަކުގައި ވެސް އެމްޑީޕީން ވަނީ އުވަ ދޯންޏަކާއި ކޮންކުރީޓް މެޝިންފަދަ ތަކެއްޗަކީވެސް ވޯޓްފޮށި ކަމަށް ބަލައި ވޯޓް އަޅާފަ އެވެ.
މިއަދު ހިނގާދިޔަ ކަންކަމާއި ގުޅިގެން އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.