ENGLISH
11 ޖޫން 2026
އީރާނުގެ ސަޕޯޓަރުންނަށް ޓިކެޓު ހޯދައިދިނުމަށް ފީފާއިން މަސައްކަތް ފަށައިފި
10 ޖޫން 2026
|
އީރާންގ ެސަޕޯޓަރުން؛ އީރާނަށް ލިބެންޖެހޭ ޓިކެޓްތައް ކެންސަލް ކޮށްފައިވާއިރު، ފީފާއިން އެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާކަމަށް ވަނީ ބުނެފަ--
އެންމެ މަޤްބޫލު
އީރާނުގެ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ވޯލްޑް ކަޕްގެ ޓިކެޓްތައް ބާތިލުކުރުމާ ގުޅިގެން، އެ ގައުމުގެ ސަޕޯޓަރުންނަށް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމަށް ފީފާއިން މަސައްކަތް ކުރަމުންދާ ކަމަށް އެއިދާރާއިން ބުނެފިއެވެ.
އިރާނުގެ ސަޕޯޓަރުންނަށް ދިނުނުމަށް ކަނޑައަޅާފައިވާ ޓިކެޓްތައް އަތުލާފައި މިވަނީ މުބާރާތް ފެށެން ކުޑަތަން ވެފައިވަނިކޮށެވެ. އެެހެންކަމުން ދުރާލާ ތަރުތައް ހަމަޖައްސާފައިވާ މީހުންނަށް މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ މިފަހަރުގެ މުބާރާތް ބުރާސްފަތި ދުވަހު ފަށާއިރު، އީރާނުން ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް އަދި ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ލޮސްއެންޖެލިސްގައި ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އެ ގައުމު ނުކުންނާނެއެވެ
އީރާނަށް ކަނޑައަޅާފަިއވާ ޓިކެޓްތައް އަތުލުމާއި ގުޅިގެން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކުރި ގޮތުގައި، ފީފާގެ ގަވާއިދުތައް ބުނާގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމަކަށްވެސް އެގައުމެއް ކުޅޭ މެޗުތަކުގެ ޓިކެޓްގެ އަށް އިންސައްތަ، ސަޕޯޓަރުންނަށް ބެހުމަށްޓަކައި ލިބެންޖެހެއެވެ. ނަމަވެސް، ޓިކެޓް ވިއްކުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، ޓިކެޓްތައް ބާތިލް ކުރުމާއި ގުޅިގެން މިހާރު ސަޕޯޓަރުންނަށް ޓިކެޓް ފޯރުކޮށްދެވެން ނެތްކަމަށް ފެޑެރޭޝަނުން ބުނެއެވެ.
ފެޑެރެޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނީ ގޮތުން ލިބެންޖެހޭ ޓިކެޓްތަކުން ސަޕޯޓަރުން މަހްރޫމް ކުރުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ އަސާސްތަކާ ހިލާފު ކަމެއް ކަމެއްކަމަށާއި، މިއީ އެމެރިކާގެ ސިޔާސީ ނުފޫޒު މުބާރާތަށް ފޯރުވާ މިންވަރު ހާމަވާ އަލިގަދަ ހެއްކެއްކަމަށެވެ.
މިމައްސަލާފައި އީރާނުގެ ސަޕޯޓަރުންނަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނޭޝަނަލް އިރާނިއަން އެމެރިކަން ކައުންސިލް(އެންއައިއޭސީ) އިން، މި އަމަލަކީ "ދަށު ދަރަޖައިގެ، ބަދަލުހިފުމުގެ އަމަލެއް" ކަމަށް ވަނީ ސިފަކޮށްފައެވެ.
އީރާނުގެ ޓިކެޓްގެ މައްސަލަ އޮޅުންބޮޅުންވެފައިވަނީ އެމެރިކާގެ މާލީ ގަވާއިދުތަކުގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ 'އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގައި ހިންގާ އިދާރާތަކަށް އީރާނާ ގުޅުންހުރި މާލީ މުއާމަލާތްތައް ހިންގުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، އީރާނަށް ހާއްސަކުރި ޓިކެޓްތައް އަލުން އާންމުކޮށް ވިއްކަން ނެރޭނެއެވެ.
މިހާރު އެމެރިކާ އިސްވެ އޮވެ މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުމުގެ ހިޔަނި މި މުބާރާތުގައި އީރާނުގެ ބައިވެރިވުމަށް ވަނީ އެޅިފައެވެ. އެގޮތުން، މެއި 25 ގައި އީރާނުގެ ޓީމުން އެމެރިކާގެ އެރިޒޯނާގައި އޮތް ކެމްޕު މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކުރީ، އެމެރިކާއިން އެ ގައުމަށް މަރުހަބާ ކިޔަން ބޭނުން ނުވާކަމަށް ބުނެއެވެ. އަދި ޓީމަށް ލިބިފައިވާ ވިސާގެ ދަށުން، ގްރޫޕް ސްޓޭޖުގެ ތިން މެޗަށްވެސް އެމެރިކާއަށް އެތެރެވާން ޖެހެނީ މެޗު އޮންނަ ދުވަހުއެވެ. އަދި މެޗު ނިމުމުން ވަގުތުން އެމެރިކާއިން ބޭރަށް ފުރަން ޖެހެއެވެ. މީގެ އިތުރުން، ޓީމުގެ މުހިންމު 15 އޮފިޝަލަކަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓާފައިވާކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.