ENGLISH
11 ޖޫން 2026
އެމްއެމްޓީވީގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ ކަވަރޭޖެއް
10 ޖޫން 2026
|
އެމްއެމްޓީވީގެ ވެބްސައިޓުގައި ތައާރަފްކޮށްފައިވާ ވޯލްޑް ކަޕް ކަވަރޭޖް.
އެންމެ މަޤްބޫލު
މިފަހަރުގެ ވޯލްޑްކަޕާއި ދިމާކޮށް، މުބާރާތުގެ ފޯރި ދިވެހިންނަށް ވީ އެންމެ ފުރިހަމައަށް ގެނެސް ދިނުމަށް، އެމްއެމްޓީވީގެ ވެބްސައިޓްގައި ހާއްސަ ކަވަރޭޖެއް ތައާރަފްކޮށްފިއެވެ.
މި ކަވަރޭޖުގައި މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ގުޅުންހުރި މުހިންމު މައުލޫމާތުތަކާއި، މެޗުތަކުގެ ތާވަލާއި، މުބާރާތް ކުޅޭ ސްޓޭޑިއަމްތަކާއި ބެހޭ މައުލޫމާތުގެ އިތުރުން، މުބާރާތް ކުރިޔަށް ދާއިރު، މުބާރާތުގެ ޕޮއިންޓް ތާވަލް ވެސް ވަގުތުން ފެންނާނެއެވެ.
މީގެ އިތުރުން ކުޅިވަރު ނޫސްވެރިކަމުގެ ތަޖުރިބާކާރުންނާއި އެކު، ވަގުތުން ގެނެސްދޭ ޕްރީޝޯތަކާއި، މުބާރާތާއި ގުޅުންހުރި ޕްރޮގްރާމްތައް ބަލައިލުމަށް އެމްއެމްޓީވީއަށް ލިންކް ކޮށްލެވޭނެއެވެ.
އެމްއެމްޓީވީގެ ވެބްސައިޓް އަދި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ވޯލްޑް ކަޕާއި ގުޅުންހުރި އެކި ވާހަކަތައް މިހާރުވެސް މިއަންނަނީ ކިއުންތެރިންނާއި ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކަވަރޭޖުގައި އަގުހުރި އިނާމުތައް ލިބޭ ފުރުސަތުތައް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަދު އެ މައުލޫމާތުތައް ވޯލްޑް ކަޕް ކަވަރޭޖް މެދުވެރިކޮށް ކިޔުންތެރިންނަށް ލިބޭނެއެވެ.
ވޯލްޑް ކަޕް 2026 ފަށާނީ މިރޭ 12 ޖަހާއިރު މެކްސިކޯ އާއި ސައުތު އެފްރިކާ ކުޅޭ މެޗުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. މިއީ ތިން ގައުމެއް އެކުވެގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕަކީ ވެސް މިއީ އެވެ. އެހެންވެ މި މުބާރާތުގެ ހާއްސަކަން ވަނީ އިތުރުވެފައެވެ.
އެމްއެމްޓީވީގެ ވޯލްޑް ކަޕް ކަވަރޭޖު https://worldcup2026.mmtv.mv/ މި ލިންކު މެދުވެރިކޮށް ބަލާލެވޭނެވެ.