ENGLISH
07 ޖޫން 2026
ބޯހޯމް ލިވިން: ހިތްފަސޭހަ މާހައުލަކަށް، ލަގްޝަރީ އަދި ފެންވަރު ރަނގަޅު ހޯމް ޑެކޯގެ އާ މަންޒިލެއް
07 ޖޫން 2026
|
"ބޯހޯމް ލިވިން" ފިހާރަ ބޭރުން ނަގާފައިވާ ފޮޓޯއެއް. --
އެންމެ މަޤްބޫލު
ދިރިއުޅޭ ގެއަކީ ހަމައެކަނި ފާރުތަކަކުން ބިނާކޮށްފައިވާ ތަނެއް ނޫނެވެ. އެއީ އެ މީހެއްގެ ޝަޚުސިއްޔަތާއި، ރަހައާއި، އަރާމު ދައްކުވައިދޭ އެ މީހެއްގެ އަމިއްލަ "ސެންޗުއަރީ" އެވެ.
މި ވިސްނުމުގައި، ދިވެހިންގެ ގޭތެރެއަށް އާރޯކަމާއި، ސްޓައިލާއި، ލަގްޒަރީ ގެނެސްދިނުމުގެ މަޤްޞަދުގައި، މުޅިން އާ ހޯމް ޑެކޯ ފިހާރައެއް ކަމަށްވާ "ބޯހޯމް ލިވިން" ވަނީ މިހާރު ރަސްމީކޮށް މާލޭގައި ހުޅުވިގެން ގޮސްފައެވެ.
ފެންވަރު ރަނގަޅު ތަކެތީގެ އާ މަންޒިލެއް
ބޯހޯމް ލިވިން ގެ ޚާއްޞަ ސިފައަކީ އެ ފިހާރައިން ލިބެން ހުރި ތަކެތީގެ ތަފާތުކަމާއި، ފެންވަރެވެ. ލިބެން ހުންނަ ތަކެތީގައިވާ ތަބީއީ ކުލަތަކާއި، އެތަކެތި އުފެއްދުމަށް ބޭނުންކޮށްފައިވާ ގުދުރަތީ ވަސީލަތްތަކުގެ ސަބަބުން އެ ތަކެތީގެ ފުރިހަމަކަން އިތުރުވެގެން ދެއެވެ. ލަގްޝަރީ ލައިފްސްޓައިލަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ފިހާރައިން ގެއެއްގެ ކޮންމެ ކަނަކަށް ބޭނުންވާނެ އެންމެ ރީތި އަދި މޮޅު ޑެކޯ އައިޓަމްތައް ލިބެން ހުންނާނެއެވެ.
މި ފިހާރައިން ލިބޭ ބައެއް ތަކެތީގެ ތެރޭގައި:
* ސްޓައިލިޝް ފަރުނީޗަރު: ގެއަށް ހިތްގައިމުކަން ގެނެސްދޭ ޒަމާނީ ފަރުމާގެ ސޯފާތަކާއި މޭޒުތައް.
* އާޓިސްޓިކް ލައިޓިންގ: ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ ފެންވަރު ރަނގަޅު ލޭމްޕްތަކާއި ޗަންދަލިއާތައް.
* ޔުނީކް ހޯމް އެކްސެސަރީސް: ފާރުތަކާއި މޭޒުމަތީގައި ބަހައްޓާލާނެ ޑިޒައިނާ ޕީސްތައް، ވާޒްތައް އަދި އެހެނިހެން ހިތްގައިމު ސާމާނު.
* ޕްރިމިއަމް ޓެކްސްޓައިލްސް: ގެއަށް އުފާވެރިކަން ގެނެސްދޭ ކުލަތަކުން ފަރުމާކޮށްފައިވާ ކުއިޝަންތަކާއި ދޮރުފޮތިތައް
ބޯހޯމް ލިވިން ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކަސްޓަމަރުންނަށް އެމީހުންގެ ހުވަފެނީ ގެތައް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. ޓްރެންޑީ އަދި ކްލެސިކް ޑިޒައިންތަކުގެ ބޮޑު ކަލެކްޝަނަކާއެކު، ބޯހޯމް އިން ކޮންމެ މީހެއްގެ ވެސް ސްޓައިލަށް ފެތޭނެ ކޮންމެވެސް އެއްޗެއް ހުންނާނެކަން ޔަގީނެވެ.
ބޯހޯމްގެ މެނޭޖްމަންޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފިހާރައިން ލިބޭ ތަކެއްޗަކީ ހަމައެކަނި ރީތި އެއްޗެހިތަކެއް ނޫން ކަމަށެވެ. އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އަދި ކޮންމެ ގެއަކަށްވެސް ޝާހީކަމެއް ގެނެސްދޭނެ ތަކެތި ކަމަށް ބުންޏެވެ.
މާލޭގެ ބޯޅަޖެހި ސްޓޮރ ކައިރީ ހުންނަ މއ. ފެޝަންފުރުޓް ގޭގައި ހުޅުވުނު މި ފިހާރައަށް ޒިޔާރަތްކޮށް، އާ ކަލެކްޝަންތައް ބަލާލުމަށް އާންމުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް، ބޯހޯމް ވެގެންދާނީ އެންމެ ފަހުގެ ޓްރެންޑުތަކާއެކު އެންމެ މަތީ ފެންވަރުގެ ހޯމް ޑެކޯ ލިބޭނެ އެންމެ ފުރިހަމަ މަންޒިލަށެވެ.