ENGLISH

06 ޖޫން 2026

Advertisement

މީދޫ ކައުންސިލް ރައީސްގެ އިތުރުބުރު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

06 ޖޫން 2026

|

އައިމިނަތު ޝަފާ

ވޯޓާސް ލިސްޓެއް -- ފޮޓޯ: އީސީ

ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދ. މީދޫ ކައުންސިލް ރައީސް އިންތިޚާބު ކުުރުމުގެ ވޯޓާއި ގުޅިގެން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްއާ އެއްކޮޅަށް ނިމުމާއި ގުޅިގެން އަލުން އިންތިޚާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.  

މި އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ކޮމިޝަނުން ބުންޏެވެ.

މި އިންތިހާބުގައި ވޯޓުލުގެ ހައްގު ޖުމްލަ 1049 މީހަކަށް ލިބޭ ކަމަށް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ލިސްޓުން ދައްކައެވެ. އަދި އިންތިހާބަށް ދ. މީދޫގައި ދެ ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު މާލޭގައި އެއް ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު