ENGLISH
06 ޖޫން 2026
ހިތަދޫ އުތުރު ބައި-އިލެކްޝަން: 12 ޖެހުމާ ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން
06 ޖޫން 2026
|
ހިތަދޫ އުތުރު ބައި-އިލެކްޝަނުގެ ވޯޓުލުމުގެ ތެރެއިން. ހިތަދޫ ސުކޫލް ކްލާސްރޫމް 1 ގައި ބަހައްޓާފައިވާ ވޯޓުފޮށްޓަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ.
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖުމްލަ 1080 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 26.21 އިންސައްތައެވެ. ވޯޓުލާފައިވަނީ 529 ފިރިހެނުންނާއި 551 އަންހެނުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރުއެވެ.