ENGLISH
05 ޖޫން 2026
ޝްނައިޑާ ބަލިކޮށް ފަލިންސްކާ ފްރެންޗް އޯޕަންގެ ފައިނަލަށް
05 ޖޫން 2026
|
ފްރެންޗް އޯޕަންގެ ފައިނަލުން ޖާގަ ހޯދި ޕޮލެންޑުގެ މާޔާ ފަލިންސްކާ ---
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ރަޝިއާގެ ޑަޔާނާ ޝްނައިޑާ ބަލިކޮށް، ޕޮލެންޑުގެ މާޔާ ފަލިންސްކާ ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީން ޝްނައިޑާ ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ބަލިކުރުމަށްފަހުއެވެ. އެކަމަކު ކޮލިފައިން ބުރުން ފެށިގެން އައިސް ހައިރާންކުރުވަނިވި މޮޅު ކުޅުމެއް ދައްކަމުންދާ ފަލިންސްކާ ފައިނަލުން ޖާގަ ކަށަވަރުކުރީ ސެމީގައި ސީދާ ދެ ސެޓުން ޝްނައިޑާ ބަލިކުރުމަށްފަހުއެވެ. އުމުރުން 24 އަހަރުގެ ފަލިންސްކާ މި މެޗުގެ ސެޓުތައް ގެންދިޔައީ 7-6 އަދި 6-4 އިންނެވެ.
މިއާއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރޮފެޝަނަލް ޓެނިހުގެ ތާރީޚުގައި، ކޮލިފައިން ބުރުން ފެށިގެން އައިސް ފްރެންޗް އޯޕަންގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިއީ ފަލިންސްކާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފައިނަލުގައި އޭނާ ބައްދަލުކުރަން ޖެހޭނީ ރަޝިއާގެ މިރާ އަންޑްރީވާ އާއެވެ.
އުމުރުން 19 އަހަރުގެ އަންޑްރީވާ ފައިނަލަށް ދަތުރުކުރީ ސީދާ ދެ ސެޓުން ޔޫކްރެއިންގެ މާޓާ ކޮސްޓްޔޫކުގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް އަންޑްރީވާ ގެންދިޔައީ 6-1 އަދި 6-3 އިންނެވެ.