ENGLISH
04 ޖޫން 2026
ދެ ރީޖަނެއްގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި
04 ޖޫން 2026
|
ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޖޫން މަހުގެ 2 ވަނަ ދުވަހު ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ
މި ދެ ރަސްމިއްޔާތުގެ ތެރެއިން ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބ. މާޅޮހުގައެވެ. އަދި ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އއ. ފެރިދޫގައެވެ.
ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ
ފުލުހުން ބުނީ، މި ދެ ރަސްމިއްޔާތުގައި ނޯތު ޕޮލިސް ރީޖަންގެ 33 ފުލުހަކަށާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ 13 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފައިވާކަމަށެވެ. ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ފެރިދޫ އާއި މާޅޮހުގެ ފުލުހުންގެ އިދާރާ ހުޅުވާފައިވަނީ މި ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.