ENGLISH

04 ޖޫން 2026

Advertisement

ކުޑަކުދިންނަށް ރަނގަޅު އާދަތައް ފެންނާނެފަދަ މާހައުލެއް ބިނާކުރުމަކީ މުޖުތަމުގެ އެންމެންގެ ޒިއްމާއެއް: ފަސްޓްލޭޑީ

04 ޖޫން 2026

|

އާމިނަތު ނުޒްލާ

ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބޭއްވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމްގައި ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސްއޮފީސް

ކުޑަކުދިންނަށް ރަނގަޅު އާދަތައް ފެންނާނެފަދަ މާހައުލެއް ބިނާކުރުމަކީ މުޖުތަމައުގެ އެންމެންގެ ޒިއްމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބޭއްވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ކުދިންނަށް އޯގާތެރި،އަދަބުވެރި، އިހުތިރާމްކުރާ ރަނގަޅު އާދަތައް އަބަދުވެސް ފެންނާނެ ފަދަ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނާއި، މުދައްރިސުންނާއި އަދި މުޖުތަމަޢުގެ އަފްރާދުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށެވެ. އެހެންނަމަވެސް އެކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ރައްކާތެރިކަން ފެނިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މުޖުތަމައަކީ، ކުދިންގެ އަޑުއަހާ، އެކުދީން ބަލައިގަނެ، އެކުދީންގެ އަގުވަޒަންކުރުމާއިއެކު ލޯބިދޭ މާހައުލަކަށް ވާންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ފާހަގަކުރެއްވީ، ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، ގުޅުން ބަދަހިކުރުމާއި، އައު އީޖާދުތަކަށް ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް ފާރަވެރިވުމަށާއި، އަދި ޓެކްނޮލޮޖީގެ ކަންތައްތަކަށް ހޭލުންތެރިވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޮންލައިން ވެށީގައި ކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އުމުރުން 16 އަހަރުން ދަށުގެ ކުދިން، ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމުންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު