ENGLISH
31 މޭ 2026
ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފި
31 މޭ 2026
|
ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ މަސައްކަތުގެ ތެރެއިން ބޮލާޑް ލައިޓް ހަރުކުރުމާއި، ބީޗިން ރޭމްޕްގެ މަސައްކަތްތައް ކަމަށެވެ. މުޅި މަޝްރޫއުގެ 95.23 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް:
މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 40.2 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއު ނިމުމާއެކު، ގައްދޫ ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.