ENGLISH

28 މޭ 2026

Advertisement

ޑައިވަރުންގެ މަރު: އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް

28 މޭ 2026

|

އައިމިނަތު ޝަފާ

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ވަގުތީ ނަތީޖާ ލިބިއްޖެ އެެވެ.

ޑައިވަރުން މަރުވި ސަބަބެއްކަމަށް އިޓަލީގެ ބައެއް ނޫސްތަކލުން ރިޕޯޓްކޮށްފައިވަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން ނެވެ. 

ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބެލެވެއެވެ. 

މި ހާދިސާގެ ތަހުގީގު ރާއްޖެއާއި އިޓަލީގެ ސަރުކާރުން ކުރިއަށްގެންދާއިރު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުން ނެވެ. 

މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންގޮސް ޖަނާޒާގެ ކަންކަން ކުރިއަސް ގެންދިއުމަށް ނިންމާފައިވެއެވެ. 

އަލިމަތާ ހޮހަޅައަށް ގެންލުނު ހަތަރު ޑައިވަރުންގެ ހަށިތައް ނަގަފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށް އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގަ އެވެ. 

މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަށް އަކީ އާދައިގެ ޑައިވަރުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް އެ ޓީމުން އިލްތިމާސްކޮށްފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު