ENGLISH
28 މޭ 2026
ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް އަދި ބީޗް ފުޓްބޯޅަ ތަރައްޤީކުރުމާ ގުޅޭގޮތުން ޖަޕާނުގެ އެފްއޭއާއެކު މުހިއްމު މަޝްވަރާތަކެއް
28 މޭ 2026
|
ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް އަދި ބީޗް ފުޓްބޯޅަ ތަރައްޤީކުރުމާ ގުޅޭގޮތުން ޖަޕާނުގެ އެފްއޭއާއެކު ސަފީރު މަހުލޫފު ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރެއިން. --
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް އަދި ބީޗް ފުޓްބޯޅަ ތަރައްޤީކުރުމާ ގުޅޭގޮތުން ޖަޕާނުގެ ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) އާއެކު މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޖޭއެފްއޭ ގެ ރައީސް ސުނެޔާސޫ މިޔާމޯޓޯއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް އަދި ބީޗް ފުޓްބޯޅަ ތަރައްޤީކޮށް، ކުރިއެރުވުމަށް ޖޭއެފްއޭ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާއި ގުޅޭގޮތުންނާއި، ދެ އެސޯސިއޭޝަންގެ މެދުގައި ކުރިމަގުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ސަފީރު ވިދާޅުވިއެވެ.
"ޖަޕާނަކީ އަބަދުވެސް ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ، އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް. އެ ޤައުމުން ފޯރުކޮށްދޭ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން އަޅުގަނޑުމެން ނުހަނު އިޚުލާސްތެރިކަމާއެކު ބަލައިގަންނަން،" އިނގިރޭސި ބަހުން މަހުލޫފު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ސަފީރުގެ ޕޯސްޓު ނިންމާލަމުން ވަނީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ޖަޕާނުގެ ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.