ENGLISH
28 މޭ 2026
މާލޭގައި އީދު ފާހަގަކުރުން؛ މިފަހަރުވެސް އީދު ހަވީރަށް ބޮޑު ތަރުހީބެއް
28 މޭ 2026
|
އެމްއެންޑީއެފް އިން އިސްނަަގައިގެން ކުރިއަށް ގެންދިޔަ އީދު ހަވިރުގެ ތެރެއިން- އެމްއެންޑީއެފް
އެންމެ މަޤްބޫލު
އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "އީދު ހަވީރު 1447" އަށް މިފަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މާލޭގެ 4 ސަރަހައްދެއްގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް އާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކުއެވެ.
މި ހަރަކާތް މާލެ، ހުޅުމާލެ އަދި ވިލިމާލެގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަވީރުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ކުޑަކުދިންނަށް ހާއްސަ، އެ ކުދިން ޝައުގުވެރިވާނޭފަދަ ހަރަކާތްތަކެވެ.
މި ހަވީރުގެ ތެރެއިން ގިނަ ކުދިން އެންމެ ޝައުގުވެރިވާ އެމްއެންޑީއެފް އަދި އެހެނިހެން މުއައްސަސާތަކުންވެސް އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލާފައިވެއެވެ. އަދި އެ ތަކެއްޗާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.
އަޟްހާ އީދަކީ މުޅި ރާއްޖޭގައިވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ.
ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި އީދު ފާހަގަކުރުމުގެ ގޮތުން ސަގާފީ ކުޅިވަރުތަކާއި، ނެށުންތަކާއި، ކޯޑި ކެޑުމާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، މާލި ނެށުންފަދަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.