ENGLISH
27 މޭ 2026
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
27 މޭ 2026
|
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ބަރަކާތްތެރި އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކަމަނާ 'އެކްސް' އެކައުންޓުގައި މިރޭ ކުރެވި މެސެޖުގައި ވަނީ އަޟްހާ ޢީދުގެ ތަހުނިޔާ އާއި މުބާރަކު ބާދީ އެންމެހާ އަޚުންނާ އުޚުތުންނަށް އަރިސްކުރައްވާފައެވެ. އަދި މިދުވަހަކީ ލޯތްބާއި ކުލުން ފުރިގެންވާ ދުވަހެއްކަމުގައި ލެއްވުން އެދި އެކަމަނާ ވަނީ ދުޢާކުރައްވާފައެވެ.
އަޟްހާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚިޠާބެއް ނެރުއްވާފައެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވަނީ، ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ކޮންމެ މީހެއްގެ އަމިއްލަ އުފަލެއް ކަމުގައި ގަބޫލުކުރަން ބަރަކާތްތެރި އަޟްޙާ ޢީދު ދަސްކޮށްދޭކަން ހަނދާންކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
ޢީދު މިންވަރުކުރެއްވީތީ މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވަމުން ރައީސްވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ހުރިހާ އެންމެންވެސް އެ ހެޔޮ އެދުންތަކުގައި އެމަނިކުފާނު ޝާމިލުކުރެއްވިއެވެ.