ENGLISH

26 މޭ 2026

Advertisement

އީދުގެ ތަހުނިޔާ އަރިސްކުރައްވައި، އިސްލާމީ ރޫހާ އެއްގޮތަށް އީދު އިހުތިފާލުކުރަން ރައީސް އިލްތިމާސްކުރައްވައިފި

26 މޭ 2026

|

ޝިފްޒާން އަޙްމަދު

ޢީދު ސަލާމްކުރެއްވުމުގައި ރައީސްގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން، ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުރިހާ ރައްޔިތުންނަަށް ޢީދުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ އަރިސްކުރައްވަމުން، އިސްލާމީ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ޢީދުގެ އިހުތިފާލުތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

މީސްމީޑިޔާ މަންސަތަކުގައި ޝާއިއިކުރެއްވި މެސެޖުގައި ރައީސްވަނީ ލޮބުވެތި ހުރިހާ ދިވެހި ރައްޔތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައވްާފައެވެ. އަދި އެމަނިކުފާނުވަީ ޢީދުގައި މާތްﷲއަށް ގިނަގިނައިން ޙަމްދުކުރުމާއެކު، ތަކުބީރުގެ އަޑު އުފުލުމަށް ހަނދުމަފުޅުކޮށް އަރުވާފައެވެ. 

އިތުރަށް ރައީސް އިލްތިމާސްކުރެއްވީ ޢީދުގެ އުފާފާޅުކުރުމުގައި އަދި އެ ދުވަސް އިހުތިފާލުކުރުމުގައި އިސްލާމީ ރޫޙާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށެވެ. 

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަޟްޙާ ޢީދު ނުވަތަ ބޮޑު އީދުގައި އާއިލާތަކާއެކު ރަށްރަށަށް ޒިޔާރަތްކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. އެއާއެކު ރައީސް އެދިވަޑައިގަތީ މި އީދަކީ ދިވެހިންގެ އުހުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ދިވެެއްސަކަށް އިހުސާސުވާ އީދެއްކަމުގައި ލެއްވުމެވެ. 

ރައީސް މިއަދު ފޮނުއްވި  އީދުގެ ޚިތާނުގައި އަޟްޙާ އީދުގެ ފިލާވަޅުތައް ލިބިގަތުމަށް އިލްތިމާސްކުރައްވައި، މުޖުތަމައުގެ އެންމެ ނިކަމެތި އެކަަހެރިކޮށް ތިބި މީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަށް ހުރިހާ އެންމެންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު