ENGLISH
25 މޭ 2026
15 ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ
25 މޭ 2026
|
15 ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި.
އެންމެ މަޤްބޫލު
15 ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ސިއްހީ ވުޒާރާއިން އިއުލާނުކޮށްފައިވަނީ ތ. އޮމަދޫ، ތ. ގާދިއްފުށި، އދ. ދިއްދޫ، ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ، ހދ. ނައިވާދޫ، މ. ރަތްމަންދޫ، ލ. މުންޑޫ، ލ. ކުނަހަންދޫ، ރ. ފައިނު، ނ. ކުޑަފަރި، ނ. ފޮއްދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނު ސިއްހީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
ސިއްހީ ވުޒާރާގެ އިއުލާނުގައިވާގޮތުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ޖޫންމަހުގެ 15ވާ ހޯމަދުވަހުގެ މެންދުރު 11:00 ގަ އެވެ. މިކަމަށް ޝައުގުވެރިވާ މީހުން ޖޫން އަށް ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިނިސްޓްރީގެ މެއިލްއަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ލެބޯޓްރީގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ހިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ހިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.
ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 18 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ކާމިޔާބުކަމާއެކު ފަށާފައިވެއެވެ.