ENGLISH

25 މޭ 2026

Advertisement

ޗައިނާ އެފްޓީއޭ ކާމިޔާބު؛ ޗައިނާއިން މުދާ އެތެރެކުރި މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

25 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ޝީ ޖިންޕިން ފޮޓޯ:ރައީސް އޮފީސް

ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް"ގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ޑެޕިއުޓީ ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 1.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާކަމަށް ނިޔާޒް ވިދާޅުވި އެވެ. 

"އެގޮތުން މިދިޔަ އަހަރު ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި. އެގްރީމެންޓްގެ ދަށުން ވިޔަފާރިވެރިންނަށް ޑިއުޓީގެ އިނާޔަތް ލިބިފައި އެބަހުރި 90 މިލިއަނާ ހަމައަށް. މިއަހަރުގެ މިހާތަނަށް 800 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި،". ނިޔާޒް ވިދާޅުވި އެވެ. 

ދެހާސް ސަތާރަ ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާ މި އެއްބަސްވުމަށް އަމަލުކުރުން މަޑުޖެހުނީ 2018 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން ނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމައި 2025 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމަށް އަމަލުކުރަން ފެށިއެވެ. 

މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ޗައިނާ ބާޒާރުގައި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންގޮސްފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް އިޖްތިމާއީ ތަރައްގީއަށް މަގުފަހިވެގެންގޮސްފައި ވެއެވެ. ދެ ގައުމުގައި އިންވެސްޓްމަންޓް ޕްރޮމޯޝަންތައް ހިންގުމުގެ ފުރުސަތު ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު އިތުރަށް ވަރުގަދަވެ، ދިވެހި ރައްޔިތުންނަށް ޗައިނާގައި ތަމްރީނު ލިބުމުގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީވުމުގެ ބާރަކަށް ނމި އެއްބަސްވުން ވަނީ ވެގެން ގޮސްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު