ENGLISH

14 މޭ 2026

Advertisement

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ ނިޔަލަށް ދަންމާލައިފި

14 މޭ 2026

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: މަޖިލިސް

މާދަމާ ނިމޭގޮތަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ ނިޔަލަށް ދަންމާލަން ނިންމައިފި އެވެ. 

މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުން، މި އަހަރުގެ ފުރަތަމަ ދައުރު މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވީ، އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މަޖިލީހުގެ މި ދައުރުގައި ނިންމުމަށް ކަނޑައެޅިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ހުށަހަޅާފައިވާ ބައެއް މުހިއްމު ބިލްތައް ހިމެނެއެވެ. އޭގެ ތެރޭގައި ސައިބާ ސެކިއުރިޓީ ބިލާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، ވަތަނީ ހިދުމަތުގެ ބިލުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ. 

އިތުރު މަސައްކަތްތަކަށް ބަލާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޤަޠަރަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ އާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލައާ މެދު ގޮތެއް ނިންމުންވެސް މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު