ENGLISH
14 މޭ 2026
ދިވެހި ޙައްޖު މިޝަނުން ސަޢުދީ ޙައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި
14 މޭ 2026
|
ޙައްޖު މިޝަންގެ ފަރާތުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ދިވެހި ޙައްޖު މިޝަން
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓާގަ އެވެ. މިބައްދަލުކުރެއްވުމުގައި މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޙައްޖު މިޝަނުން ސަޢުދީގެ ޙައްޖާ ބެހޭ ކަންތައްތަކުގެ ޖެނެރަލް ސެކްރެޓަރީއާއި ބައްދަލުކުރައްވާފައިވާއިރު، ޙައްޖުގެ ކަންކަން ބަލަހައްޓާ ޑިރެކްޓަރ ޖެނެރަލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބާއިވެސް ބައްދަލުކުރެއްވި އެވެ.
ޙައްޖު މިޝަންގެ ފަރާތުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ދިވެހި ޙައްޖު މިޝަން
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ސަޢުދީން ދިވެހި ސަރުކާރާއި ބާއްވާ ގާތްކަމާއި ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރައްވަން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ.
ޙައްޖު މިޝަންއިން ބުނީ، މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މިހާރު ހުރި ބައެއް ކަންކަން އިތުރަށް ރަނގަޅުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ދިވެހި ޙައްޖުވެރިންނާއި ގުޅޭ އެންމެހާ އިންތިޒާމުތައް ފުރިހަމަކުރުމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބެލުމާއެކު ޙައްޖުވެރިންނަށްދޭ އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަކީ ދިވެހި ޙައްޖު މިޝަނުން ކުރަމުންދާ މުހިއްމު މަސައްކަތްތަކެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ޙައްޖާޖީން މައްކާއަށް ދިއުމަށް ތާވަލްކޮށްފައިވަނީ މާދަމަ އެވެ. ހައްޖު މިޝަނުން މިހާރުވަނީ ރާއްޖެއިން ހައްޖަށްދާ 4 ފްލައިޓްއާއި، ފުރާ ވަގުތުތައްވެސް އިއުލާންކޮށްފަ އެވެ.