ENGLISH
09 މޭ 2026
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ: ސަޢޫދީގެ ރާއްޖޭގެ އެޖެންޓް
07 މޭ 2026
|
ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުޠައްވިފް، ރަވާފް މިނާއާއި ޙައްޖު މިޝަންއިން ބައްދަލުކުރުން. ފޮޓޯ: ޙައްޖު މިޝަން
އެންމެ މަޤްބޫލު
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ބުނެފި އެވެ.
ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުޠައްވިފް، ރަވާފް މިނާއާއި ޙައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފައެެވެ.
މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ޚާއްޞަ އެހީތެރިންނަކީ މުޠައްވިފުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުޠައްވިފަކީ ރަވާފް މިނާއެވެ.
މުޠައްވިފާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ދިވެހި ހައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ޙާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޙައްޖުވެރިންގެ ކަންކަން ފުރިހަމަކުރުމަށް ސަރުކާރުން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޙައްޖަކީ ފަހަކަށް އައިސް ދިވެހި ޙައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ލިބުނު ޙައްޖެވެ. އެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމާއެކު، ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ދިވެހި ޙައްޖާޖީންގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެ ޙައްޖު މިޝަން މިހާރު ވަނީ ސަޢޫދީ އަރަބިއްޔާއަށް ގޮސްފައެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.