ENGLISH
03 މޭ 2026
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރުކަމަށް މުބީން އައްޔަންކޮށްފި
03 މޭ 2026
|
އެމްޓީސީސީގެ އަައު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން
އެންމެ މަޤްބޫލު
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އަދި އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް އަހްމަދު މުބީން އައްޔަންކޮށްފިއެވެ.
މުބީނަކީ މި ސަރުކާރުގައި ފުރަތަމަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްް އައްޔަންކުރެއްވި ބޭފުޅާއެވެ. އެ މަގާމުގައި އޭނާ ހުންނަވަނިކޮށް އެ ކުންފުނި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވިއެވެ.
ނިމުނު އަހަރު ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ އެމްޑީގެ މަގާމުން މުބީނު އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު އޭނާ ބޮޑަށް ފެނިގެންދިޔައީ ކުޅިވަރުގެ ދާއިރާއިންނެވެ. އެގޮތުން ނިއުރޭޑިއެންޓުގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެން އެ ކްްލަބަށް ބޮޑު ކާމިޔާބެއް ހޯދައިދެއްވާފައިވެއެވެ.
މުބީނު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ ބިލެއްދޫ ދާއިރާގެ މަޖިލިސް މެންބަރުކަމަށް 2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް ފަހުންނެވެ. އޭގެ ފަހުން އޭނާވަނީ ސިޔާސީ ދާއިރާގެ އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މުބީނު އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް އައްޔަންކުރުމާ ގުޅިގެން އެ ކުންފުނީގެ މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރި ޕޯސްޓުގައި އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި މުބީނުގެ އިސްތިރާޖީ ތަސަައްވުރާއި ލީޑާޝިޕާއެކު ކާމިޔާބުގެ އައު ހަރުފަތްތަކެއް އެ ކުންފުންޏަށް ހާސިލުވާނެކަމުގެ އިތުބާރު އޮތްކަމަށް ބުނެފައިވެއެވެ.