ENGLISH

03 މޭ 2026

Advertisement

ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ

03 މޭ 2026

|

އައިމިނަތު ޝަފާ

އުތީމު ގަނޑުވަރު

ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުން ދާކަމަށް ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ރޫމްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެ މިނިސްޓްރީގެ ދަށަށް އަލަށް ގެނެވުނު އިދާރާތަކާއި އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަޒީރު ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އަދި މި ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އެ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވެސް ވަޒީރު ވަނީ ޖަވާބު ދެއްވާފަ އެވެ.

ވަޒީރު ވިދާޅުވީ ޣާޒީ ރަދުންގެ އާސާރުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ތަރއްގީކުރަނީ ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ކަމަށެވެ. 

މި މަޝްރޫއުގެ ތެރެއިން އުތީމު ކަނދުވަލު ސަރަހައްދުގައި ސްޓޯރީ ފޮރެސްޓް ޕާކެއް ތަރައްގީކުރުމާއި ކަނދުވަލު މިސްކިތާއި އެ މިސްކިތާއި ގުޅިފައިވާ ތަންތަން ތަރައްގީކުރުމާއި އުތީމު ގަނޑުވަރު މަރާމާތުކުރުމާއި އުތީމު ބަނދަރު ސަރަހައްދުގައި ބޮޑުތަކުރުފާނުގެ ހަނދާނުގައި ދޮރޯއްޓަކާއި އިސްރައްވެހިންގެ ޕާކެއް ތަރައްގީ ކުރާނެކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ތަކަންދޫ އެވޭލާ ހިރިގަލުގެ މިސްކިތުގެ މަސައްކަތްތަކާއި، ވެޔޮ އަދި ގަބުރަސްތާނު ސަރަހައްދު މަރާމާތުކުރުމާއި  އަލި ތަަކުރުފާނުގެ ހަނދާނީ މަރުކަޒެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ބާރަށުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާއިރު މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ނެެވެ.

މި ތިން ރަށުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އާރްޑީސީއާ ހަވާލުކޮށްގެން ނެވެ. 

ކިޔުންތެރިންގެ ހިޔާލު