ENGLISH

03 މޭ 2026

Advertisement

ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބ.ކަމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ

ބ.ކަމަަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ  މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިންމިކަން ހާމަކޮށްފައިވަނީ، މި މަޝްރޫއުގެ އަދާހަމަަ ހިއްސާކޮށް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

 އެގޮތުން، އެޕޯސްޓުގައި ވަނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދަނީ ހިލަ ޖެހުމުގެ ތައްޔާރީތައް ކަމަށެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮގް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް ކޮންސްޓްރަކްޝަން އިން 22.6  މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން، ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފަޅު ފުންކުރުމާއި، 844 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުން ހިމެނެއެވެ. އަދި 402 މީޓަރުގައި ކުއޭ ވޯލް ގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓިސީސީއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ބޮޑެތި މަޝްރޫތަކުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު