ENGLISH

03 މޭ 2026

Advertisement

މާފުށީ ޖަލަށް 17 ފޯނު ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

03 މޭ 2026

|

ސުވެއިދާ ހުސެއިން

މާފުށީޖަލަށް ވަގަށް ފޯނުތަކަކާ، އެއާ ގުޅުންހުރި ސާމާނުތަކެއް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި، ހައްޔަރުކުރި އުމުރުން 28 އަހަރުގެ މުޙައްމަދު ޝަހީރު. --ފޮޓޯ: ޕޮލިސް

މާފުށީ ޖަލަށް 17 ސްމާޓް ފޯނާއި، އެއާ ގުޅުންހުރި ސާމާނުތަކެއް ވަގަށް ވައްދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، މާސް، އުމުރުން 28 އަހަރުގެ މުޙައްމަދު ޝަހީރުއެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާ އާއި، ޕެން ޑްރައިވްގެ އިތުރުން ވެސް އެހެނިހެން ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދުގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު