ENGLISH

01 މޭ 2026

Advertisement

ފަރެސްމާތޮޑާ އެއާޕޯޓްގެ މަގުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރިއަށް

01 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފަރެސްމާތޮޑާ އެއާޕޯޓް މަގުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް

ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަގުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީީ) އިން ބުނެފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މަގު ހެދުމުގެ މަޝްރޫގެ އަދާހަމަ ހިއްސާކޮށް އެމްޓީސީސީން ބުނީ މިހާރު ޖިއޯބޭގް ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކުރެވިގެން މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 14 މާރިޗު 2023 ގައެވެ.

މި މަޝްރޫއުގެ ދަށުން 7945 މީޓަރުގެ މަގެއް ހެދުމަށް ހަވާލުކުރެވިފައިވެއެވެ. އަދި 205 މީޓަރު ޖިއޯބޭގް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއެެކެވެ.

ކިޔުންތެރިންގެ ހިޔާލު