ENGLISH

01 މޭ 2026

Advertisement

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

01 މޭ 2026

|

އައިމިނަތު ޝަފާ

ނިމުނު އިންތިހާބުގެ ވޯޓު ގުނުމުގެ މަރުހަލާގެ ތެރެއިން

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ މެދުދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

ހުޅުމާލޭ މެދުދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ 916 ވޯޓާއެކު ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފް އެވެ. ސަނީހާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބިވަޑައިގަތީ 905 ވޯޓެވެ. 

އެމްޑީޕީން ހައިކޯޓަށް ހުށަހެޅީ އެ ދާއިރާގެ ވޯޓު ފޮށްޓެއް ގުނުމުގައި ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމަށް ބުނެ އެވެ. އަލުން ވޯޓު ގުނައިފި ނަމަ އިންތިހާބުގެ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

މައްސަލައިގައި ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ ވޯޓު އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ އެއްވެސް ސަބަބެއް އެމްޑީޕީގެ ފަރާތުން ސާފުކޮށް ބުނެދެވިފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. 

އިންތިހާބުގެ ނަތީޖާތައް ބަލައިނުގަންނާނެކަމަށް ބުނެ އިތުރުން ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުތައް އަލުން ގުނުމަށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ވެސް ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު