ENGLISH
26 އޭޕްރީލު 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފި
26 އޭޕްރީލު 2026
|
ބޯޑަށް އައްޔަނު ކުރެއްވި މެންބަރުން --
އެންމެ މަޤްބޫލު
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ބޯޑް މެންބަރު ކަމަށް އައްޔަނު ކުރައްވާފައިވަނީ ކ. ތުލުސްދޫ، ވިލަރެސް ހުދާ ފަހީމް އާއި ރ. ރަސްގެތީމު، ރަސްވެލި ޢާއިޝަތު މަލްޙާ އާއި މއ. ރިހިރާޅު، ޢަލީ ޝިނާން އާއި މ. ވާރޭވިލާ ޢާއިޝަތު ޢަލީ އެވެ.
މީގެތެރެއިން ޢާއިޝަތު މަލްޙާ ބޯޑަށް އައްޔަނުުކުރީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިންނެވެ.
"މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަދަލުކުރެއްވީ ޖުލައި 13، 2025 ގަ އެވެ.
މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.