ENGLISH

26 އޭޕްރީލު 2026

Advertisement

ބަންނަމުންދިޔަ ސަފާރީއަކަށް އަރުވަން އުޅުނު ޑެގެއް ވެއްޓި ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

26 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރ. އިންނަމާދޫ --

ބަންނަމުންދިޔަ ސަފާރީއަކަށް ޑެގެއް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ވެއްޓި ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ނުރައްކާތެރި މި ހާދިސާ ހިނގީ ސަފާރީ ބަނުމަށް މަޝްހޫރު ރ. އިންނަމާދޫގަ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު އެމްއެމްޓީވީއަށް މިރޭ ބުނީ ހާދިސާ ހިނގީ ބަންނަމުންދިޔަ ސަފާރީ ބޯޓަކަށް ޑެގް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ކަހާލައިގެން ވެއްޓި ކަމަށެވެ.

މި ހާދިސާގައި ހަ މީހަކަށް އަނިޔާވި އެވެ. އެއީ ފަސް ބިދޭސީންނާއި ދިވެއްސަކަށް ކަމަށް އޭނާ ބުންޏެވެ.

އެންމެންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައްވެފަ އެވެ. ބައެއް މީހުންގެ ތަންތަން ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި އެކެއްގެ މޭކަށިގަނޑު ބިނދި ވަރަށް އަނިޔާވެ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް އެނގިފައިވެ އެވެ.

އެ މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު