ENGLISH
26 އޭޕްރީލު 2026
ފުލުހުންގެ މަސައްކަތް؛ މާލޭ ސަރަހައްދުން ވައްކަަމާއި ފޭރުމުގައި ގެއްލުނު 619،048 ރުފިޔާ އަނބުރާ ހޯދައިފި
26 އޭޕްރީލު 2026
|
ފުލުސް އޮފިސަރުންތަކެއް މަގުމަތި ޕެޓްރޯލުކުރަނީ
އެންމެ މަޤްބޫލު
މާލެއާއި ހުޅުމާލޭގައި ވައްކަަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާއާއި މުދަލުގެ ތެރެއިން 619،048 ރުފިޔާ ފައިސާއިންނާއި މުދަލުން އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެ ހިދުމަތުން ކޮންމެ ހަފުތާއަކުހެން އާއްމުކުރަމުންދާ އެ ހިދުމަތުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 335،338 ރުފިޔާ މާލެއިން ހޯދާފަައިވެއެވެ.
މި ފައިސާއާއި މުދަލުގެ ތެރޭގައި ހިމެނެނީ މާފަންނު ފުލުހުން ހޯދި 65،644 ރުފިޔާގެ މުދަލާއި ފައިސާގެ އިތުރަށް ހެންވޭރު ފުލުހުން ހޯދި 95،894 ރުފިޔާގެ ފައިސާއާއި މުދަލާއި ގަލޮޅު ފުލުހުން އެ މުއްދަތުގައި އަނބުރާ ހޯދި 173،800 ރުފިޔާގެ މުދަލާއި ފައިސާއެވެ.
މި މުއްދަތުގައި ހުޅުމާލޭ ފުލުހުންވަނީ ކާމިޔާބުކަމާއެކު 283،710 ރުފިޔާ އަނބުރާ ހޯދައިދީފައެވެ. އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލުހުން އަނބުރާ ހޯދި 181،910 ރުފިޔާއާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުހުން އަނބުރާ ހޯދި 101،800 ރުފިޔާއެވެ.
ޖުމްލަ 619،048 ރުފިޔާގެ މުދަލާއި ފައިސާ އެ މުއްދަތުގައި ފުލުހުންވަނީ މާލެއާއި ހުޅުމާލެއިން އަނބުރާ ހޯދައިދީފައެވެ. މި ފައިސާއާއި މުދަލަކީ މި ދެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި މީހުންގެ އަތުން ނިގުޅައިގަނެފައިވާ މުދަލާއި ފައިސާއެވެ.
ފުލުހުން އަންނަނީ މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ އެ ފައިސާ ނުވަތަ މުދަލު ވެރި ފަރާތްތަކަށް އިއާދަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހަށް ހުށަަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅޭ އެއް ބާވަތަކީ ވައްކަމުގެ މައްސަލަތަކެވެ.