ENGLISH
22 އޭޕްރީލު 2026
ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މައުރޫފް, ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ހާނިމް
22 އޭޕްރީލު 2026
|
ހާނިމް އަދި މާއްޓެ --
އެންމެ މަޤްބޫލު
ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސްގެ މަޤާމަށް މައުރޫފް އަޙްމަދު (މާއްޓޭ) ހަމަޖައްސަވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އެކަން ވަނީ އިއުލާނު ކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސްގެ މަޤާމަށް މާއްޓޭ ހަމަޖައްސަވާފައިވާ ކަމަށެވެ.
މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. ޚާއްސަކޮށް ވިކްޓްރީން ވަރަށް ބޮޑަށް ވިލާދި މާއްޓޭ ވަނީ އެފްއޭއެމްގެ އެކި މަޤާމުތައް ވެސް ފުރުއްވާފަ އެވެ.
އޭގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މުޙައްމަދު ހާނިމް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.
ހާނިމް އަކީ ވެސް ކުޅިވަރުގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. މީގެ ކުރީން ވެސް އެ ދާއިރާގެ ވަރަށް އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ.