ENGLISH

22 އޭޕްރީލު 2026

Advertisement

ފަރެސްމާތޮޑާގެ ބަނދަރު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް

22 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ފަރެސްމާތޮޑާގެ ބަނދަރު ހިއްކުމުގެ މަޝްރޫގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާގެ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އަދާހަމަ ހިއްސާކުރުމަށް އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ މިހާރު މި މަޝްރޫއުގެ މަސައްކަތް ފެށިގެން ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބެސިން ހިއްކުމުގެ މަސައްކަތްތަކެވެ. އަދި މި މަޝްރޫއުގެ ދަށުން ބީޗް ބޯޓިން އޭރިއާގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ، ޑީއެމްޑީ މުހައްމަދު ޖަމްޝީދު އެވެ. އަދި ސަރުކާރުގެ ފަރާތުން ކޮންޓްެރެކްޓުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބު އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބު ކަމާއެކު ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު