ENGLISH

22 އޭޕްރީލު 2026

Advertisement

"ލޮލް" އޭ ވިދާޅުވެ ކުރީގެ ފަސްޓްލޭޑީ ފަޒްނާ، ރައީސް ނަޝީދަށް މަލާމާތުގެ ރައްދެއް ދެއްވައިފި

22 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރައީސް ނަޝީދު އަދި މެޑަމް ފަޒްނާ

ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަލާމާތުގެ ރައްދެއް ދެއްވައިފި އެވެ.

ފަޒްނާ، ނަޝީދަށް މަލާމާތުގެ ރައްދެއް ދެއްވީ ނަޝީދު ހުށައެޅުއްވި ބަދަލުތަކަށް މަޝްވަރާކުރެެއްވުމަށް މޭޒުދޮށަށް އައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވާ މަޝްވާރާގެ މޭޒަށް ވަޑައިނުގެންފިނަމަ މުޅި ރާއްޖޭގައި މުޒާހަރާ ކުރައްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އެ ގޮވާލެއްވުމަށް މަލާމާތް ކުރައްވާ މެޑަމް ފަޒްނާ ފުރަތަމަ ވެސް ވިދާޅުވީ "ލޮލް" ކަމަށެވެ. އެއީ އެ ގޮވާލެއްވުމަށް ވަރަށް ބޮޑަށް މަލާމާތް ރައްދު ކުރެއްވުމުގެ ގޮތުން ވިދާޅުވި ބަހެކެވެ.

އޭގެ ފަހުން ފަޒްނާ ވަނީ ނަޝީދު ނެތް ނަމަވެސް 2023 ގެ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު ވެސް އެމްޑީޕީ މުޒާހަރާކޮށް ސިޔާސީ މައިދާނުގައި ސާބިތުކޮށް އޮތް ކަމުގައި ވިދާޅުވެފަ އެވެ. އަދި އިންތިޚާބުތަކުގައި ވާދަކޮށް ކާމިޔާބު ހޯދަމުންދާކަން ވެސް ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތަފާތު ތުހުމަތައް ކުރެއްވި އެވެ. އެންމެ ފަހުން ހުތުރު އެތައް ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ސޯލިހްގެ ވެރިކަން ބަދަލު ކުރަން ނިކުންނެވި އެވެ. ސޯލިހްގެ ވެރިކަން ބަދަލު ކުރެއްވުމަށް ފަހު ދެން ނިކުންނެވީ އެމްޑީޕީ "ރޫޅާލު"މަށެވެ. އެކަން ނުވުމުން އަލުން އެމްޑީޕީއަށް ވަޑައިގެން ޕާޓީގެ ކޮންޓްރޯލް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ދެ ރައީސުންގެ އޮތީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމުގެ ވަދާވެރިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު