ENGLISH
19 އޭޕްރީލު 2026
މި ދަތިވަގުތުވެސް ހެޔޮ އަގުގައި މަސްދޯނިތަކަށް 1.1 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފި
19 އޭޕްރީލު 2026
|
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށި މުޅި ދުނިޔޭގައިވެސް ތެޔޮ ލިބުން ދަތިވެ ތެޔޮގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނިކޮށް މިދިޔަ ދުވަސްތަކުގައި ހެޔޮ އަގުގައި މަސްދޯނިތަކަށް 1.1 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ވަޒީރު ވިދާޅުވީ މި ދަތި ވަގުތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މަސްދޯނިތަކަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް 958 ދޯންޏަކަށް 1.1 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މަސްވެރި އުޅަނދުތަކަށް ބޮޑު ފަސޭހައެއް ލިބި މަސްވެރިކަމަށް ނިކުންނަން އިތުރަށް ފުރުސަތު ފަހިވެގެން ދިޔަ ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫންނެވެ. ދެން އެންމެ ގިނައިން ތެޔޮ ދޫކޮށްފައިވަނީ އައްޑޫ ސެންޓަރުންނެވެ.
މިފްކޯ އިން ދަނީ އެ ކުންފުންޏަށް މަސްކިރާ ދޯނިތަަކަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ވިއްކަމުންނެވެ. އަދި އެއަށް ވުރެ ހެޔޮ އަގުގައި ވެސް ޑީސަލް ވިއްކަމުން ދެ އެވެ. އާންމުންނަށް މިފްކޯއިން ޑީސަލް ވިއްކަނީ ލީޓަރެއް 17.54 ލާރިއަށެވެ.