ENGLISH

16 އޭޕްރީލު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

16 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އައު ކެބިނެޓްގެ ބައްދަލްވުމެއް ކުރިއަށްދަނީ --

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، 2026 ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި އެވެ.

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިންނެވެ.

މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

* އަލްފާޟިލް މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް (ޗެއަރ)

* އަލްފާޟިލާ އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް

* އަލްފާޟިލް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

* އަލްފާޟިލް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް

* އަލްފާޟިލް މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން 

ކިޔުންތެރިންގެ ހިޔާލު