ENGLISH
15 އޭޕްރީލު 2026
ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން: މިހާރު ކުރިއަށްދަނީ ލައިޓިންގ ސިސްޓަމުގެ މަސައްކަތްތައް
15 އޭޕްރީލު 2026
|
ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހުވަދު އަތޮޅު ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ ލައިޓިންގ ސިސްޓަމުގެ ކަރަންޓުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ހުއްޓިފައި އޮންނަތާ ދެ އަަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ފަރެސްމާތޮޑާގެ ދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލައިފައެވެ.
ފަރެސްމާތޮޑާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކުގެ ތެރޭގައި، ފީފާ އިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އެޅުމާއި، ގޯލް ޕޯސްޓް ހަރުކުރުމާއި، ފެންސް ޖެހުމާއި އަދި ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.
ގާތްގަނޑަކަށް 1،800 މީހުންގެ އާބާދީއެއް އޮންނަ، ގދ. ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމާއެކު، އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް އެ ރަށު ރައްޔިތުންނަށް ލިބޭނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.